ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙަންމަދު ރިޝްވާން، އެމަގާމުން އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އޭނާގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޤަބޫލުފުޅު ކުރައްވައިފިއެވެ. އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައި، މުޙަންމަދު ރިޝްވާނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ސިޓީފުޅުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ގިނަގުނަ ޚިދްމަތްތަކަށްޓަކައި އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.