ނޯތު ސެންޓްރަލް ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑާއި، ސެންޓްރަލް ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑާއި، ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފިއެވެ.
 

ރައީސުލްޖުމްހޫރިއްޔާ އަލަށް އެކުލަވާލެއްވި ނޯތު ސެންޓްރަލް ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، އަރިއަތޮޅު ދެކުނުބުރީ މާމިގިލި ނޫހިރި އަޙްމަދު އީމާނެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ނަރސިންގގެ ދާއިރާއިން، މާލެއަތޮޅު ކާށިދޫ އަލަމާގޭ އާމިނަތު ރިސްމީއާއި، ޕަބްލިކް ހެލްތް ދާއިރާއިން، މާލެއަތޮޅު ގުރައިދޫ ބަގީޗާވިލާ ޒަމީރު އިބްރާހީމާއި، އެން.ޖީ.އޯ.ގެ ފަރާތުން، މާލެއަތޮޅު މާފުށި ވައިޓްފިޝް ޢަލީ މުރުތަޟާއާއި، ފައިނޭންސް ދާއިރާއިން، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ހަޒާރުމާގޭ އާދަމް މަޖީދާއި، މާކެޓިންގ ދާއިރާއިން، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ޖަންބުމާގޭ ޢަބްދުﷲ ޖަވީޒެވެ.


ރައީސުލްޖުމްހޫރިއްޔާ އަލަށް އެކުލަވާލެއްވި ސެންޓްރަލް ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ވިލާޑިސޯސަން ޢަބްދުއްލަޠީފް މުޙަންމަދެވެ. ބޯޑުގެ މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، މައްޗަންގޮޅި ހަތާ އަޙްމަދު ޚަލީލެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ޕެލްމޭރާ ޠާހިރު ޢަބްދުއްރާފިޢުއާއި، މުލަކަތޮޅު ނާލާފުށި މަންޒިލް އާދަމް މުޙަންމަދު މަނިކެވެ.


ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވާލެއްވި ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، މުލަކަތޮޅު މުލަކު ގޮމަށިމާގޭ އިބްރާހީމް ނަޞީރެވެ. ބޯޑުގެ މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މުގުރިގޭ އިސްމާޢީލް ރަޝީދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލި އުނިމާގޭ އިބްރާހީމް ރައޫފާއި، މުލަކަތޮޅު ދިއްގަރު ދިޔާސާ މުޙަންމަދު ޖުނައިދާއި، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ބީޗްސައިޑް އިބްރާހީމް ނަސީމާއި، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި ބްލޫލައިޓް އިބްރާހީމް ނަސީމާއި، މުލަކަތޮޅު ވޭވަށް ރޯޝަނީގޭ ފަރުޙަތު ޖަލީލެވެ.