ބަންގްލަދޭޝްގެ މިރްސަރާއީގައި ލޮރީއެއް ފުރޮޅާލައި، ހިނގި އެކްސިޑެންޓެއްގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިން މަރުވެފައިވާތީ، އެކަމުގެ ހިތާމައިގައި، ބަންގްލަދޭޝްގެ ރައީސް ޒިލްލުރު ރަޙްމާނަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ބަންގްލަދޭޝްގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، ރައީސް ޒިލްލުރު ރަޙްމާނަށާއި އަދި މިހާދިސާގައި މަރުވި ކުދިންގެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.