ރަޝިޔާގެ ބޯޓެއް ކަމަށްވާ "ބަލްގޭރިއާ"، ރަޝިޔާގެ ވޮލްގާ ކޯރަށް ބަންޑުންވެ، އެބޯޓުން ދަތުރުކުރި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލިފައިވާތީ، އެކަމުގެ ހިތާމައިގައި، ރަޝިޔާގެ ރައީސް ޑިމިޓްރީ މެޑްވެޑޭވަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް މެޑްވެޑޭވަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރަޝިޔާ ސަރުކާރަށާއި، ރައްޔިތުންނަށާއި، ރައީސް މެޑްވެޑޭވަށާއި، އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.