بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ޝްރީ އެޑިޔުކެއަރގެ ސީ.އީ.އޯ.، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޢަލީ މުޞްޠަފާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙް، މި ސެޝަންގެ ހުރިހާ ފެސިލިޓޭޓަރުން، އަދި ވަކިން ޚާއްޞަކޮށް، އެޑިޔުކޭޓަރުން ނުވަތަ ޓީޗަރުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ހިތަށް އަންނަނީ އިއްޔެގެ ހުކުރު ޚުޠުބާގައި އައި ވާހަކަ. އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންވެސް އަޑުއައްސަވައިފައިވާނެ. މިއިން ކޮންމެ ކަމަކުންވެސް އަޅުގަނޑުމެންނަށް މި އެނގެނީ މުދައްރިސުންގެ މުހިންމުކަން. މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ޤައުމެއް ބިނާކުރުމަށްޓަކައި، ރަނގަޅު އާ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން، އެދުރުންގެ މުހިންމު ރޯލު.
އެނގިވަޑައިގަންނަވާނެ، ތިޔަބޭފުޅުންނަކީ ދެވަނަ ބެލެނިވެރިންގެ ގޮތުގައި ދެކެ، ފުރިހަމަ ޔަޤީންކަމާއެކު، ފުރިހަމަ އިތުބާރާއެކު، އަޅުގަނޑުމެންގެ ތުއްތުކުދިން އަޅުގަނޑުމެން ދޫކޮށްލަނީ ތިޔަބޭފުޅުންގެ އަތްމައްޗަށް. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، އެ ހުރިހާ ކަމެއްގެ ތެރެއިންވެސް އަޅުގަނޑުމެން ބޭނުންވާކަހަލަ ދަރިންތަކެއް މުޖުތަމަޢަށް ހޯދުމަށްޓަކައި، ގެނައުމަށްޓަކައި، މި ބަދަލުވަމުންދާ ކަންތައްތަކަށް އަޅުގަނޑުމެން ހޭނެންޖެހޭ. އެއްވެސް މީހަކީ، އެ މީހަކު ކިޔެވި ދާއިރާއެއްގެ ތެރޭގައި ހުރެގެން، ދުނިޔެއަށް އަންނަ ހުރިހާ ބަދަލުތަކާއި، އެ ނީޑްސްއަށް ހަމައެކަނި އެއްދުވަހަކުން ކޭޓަރ ކުރެވޭނެ މީހެއް ނޫން. އަންނަ ބަދަލުތަކަށް އަބަދުމެ އަޕްޑޭޓްވާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ. އެ ކަންތައްތަކަށް އަބަދުވެސް އަޅުގަނޑުމެން ހޭނެންޖެހޭ. އާ ކަންތައްތައް އަބަދުވެސް އަޅުގަނޑުމެން ދަސްކުރަންޖެހޭ.
އެގޮތުން އަޅުގަނޑު ޤަބޫލުކުރަނީ މިކަހަލަ ފޯރަމްތައް، މިކަހަލަ ސެޝަންތަކަކީ މިއީ ވަރަށް މުހިންމު ކަންތައްތައް ކަމަށް. ޚާއްޞަކޮށް، ކޮންމެ މީހަކުވެސް އެހެން ކޮލީގަކާ އެކީގައި ނުވަތަ އެހެން ސްކޫލެއްގެ ޓީޗަރަކާ އެކީގައި ނޫނީ އެހެން ޤައުމެއްގެ ޓީޗަރަކާ އެކީގައި އެ ހޭދަކުރެވޭ ވަގުތަކީ އެއީ، އާ ކަންތައްތަކެއް ދަސްވާ ވަގުތުތަކެއް. އަޅުގަނޑު ހަމަ ޔަޤީންކުރަން، މި ސެޝަންގެ ތެރެއިން ޚާއްޞަކޮށް، މިކަމުގައި ބައިވެރިވެވަޑައިގެންނެވި ހަމަ ހުރިހާ އެދުރުންނަށް، ހުރިހާ މުދައްރިސުންނަށް ރަނގަޅު ކަންތައްތަކެއް، ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް.
އަޅުގަނޑުމެން ޓްރޭނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވަނީ، އަޅުގަނޑުމެންނަށް އެއްޗެއް ނޭނގޭތީކީ ނޫން. ޓްރޭނިންގ ޕްރޮގްރާމެއްގައި ބައިވެރިވުމުން، އަޅުގަނޑު މި ދެންނެވިގޮތަށް ގިނަ ކަންތައްތަކެއް ދަސްވޭ. ދެން ޕަރސަނަލީ އަޅުގަނޑަކީ، ޓްރޭނިންގތަކުގައި ވަރަށް ބައިވެރިވާހިތްވާ މީހެއް. އެއީ، އަޅުގަނޑު ކުރީގައި އުޅުނު ދާއިރާގެ ގޮތުންވެސް، ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު ޓްރޭނިންގ ދޭންޖެހޭތީ. އަބަދުވެސް އެންމެ ޒަމާނާ އެއްގޮތަށް އެ ދޭންޖެހޭ ޚިދުމަތްތައް ނުވަތަ މުޢާމަލާތް ކުރުމުގެ ކަންތައްތައް ރަނގަޅަށް ގެންދަންޖެހޭ. އެހެންވީމާ، ތަޢުލީމީ ދާއިރާއަށް ބަލައިފި ކަމަށްވަންޏާ އަޅުގަނޑަށް ހީވަނީ، މިކަހަލަ ކަމެއްވެސް ކުރުން އެންމެ މުހިންމު ދާއިރާއަކަށް ވެގެންދާނީ ތަޢުލީމީ ދާއިރާހެން.
ދެން އަޅުގަނޑު ބޭނުން ހަމަ ޓީޗަރުންނަށް ދަންނަވާލަން. ފަހަރެއްގައި މިހާ ގިނަ ބޭފުޅުން، ޓީޗަރުންނާ އެކީގައި މި މަގާމުގައި އަޅުގަނޑާ ބައްދަލު ހަމަ ނުވުމަކީވެސް އެކަށީގެންވާ ކަމެއް. ބާކީ ދެންއޮތީ ދެތިން މަސްދުވަސް، މި މަގާމުގައި ހުންނަން. އެޑިޔުކޭޝަންގެ ދާއިރާގައި މުދައްރިސުންނާ އެކީގައި ޚާއްޞަކޮށް، މުދައްރިސުންނާއި ޕްރިންސިޕަލުންނާ އެކީގައި އަޅުގަނޑަށް ކުރެވުނީ ވަރަށް އާދަޔާޚިލާފު ތަޖުރިބާއެއް. އަޅުގަނޑު ހަމަ ހިތުގެ އަޑިން ޤަބޫލުކުރަން. ވަރަށް ގިނަގުނަ މަސައްކަތްތަކެއް ތިޔަބޭފުޅުން ކުރައްވައިފި. އަދި ވޭތުވެދިޔަ ފަސް އަހަރު އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ކުރިއަރަމުން އައި ކަންތައްތައް. ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފި. ކެޕޭސިޓީ، ބިލްޑިންގ، އިންފްރާސްޓްރަކްޗަރ އަދި ރިސޯސްތައް ހޯދުމާއި، އަދި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގައިފި.
އަދި ހަމަ އެއާއެކު، 2018 ގައި ހުރިހާ ރަށަކަށް، ސަތޭކަ ތިރީހަކަށް ރަށަށް އަޅުގަނޑަށްވެސް ދެވުނު ކެމްޕެއިންގައި. ދިޔައިރުވެސް މުދައްރިސުންނާ ބައްދަލުވެ، ކޮންމެ ބަޔަކަށްވެސް އެންމެ ޙައްޤު، އެންމެ އެކަށޭނަ އުޖޫރަވެސް ލިބުމަކީ އެއީ މުހިންމު ކަމެއްކަން ފާހަގަވި. އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރަނީ، ސަރުކާރުންވެސް ކުރި މަސައްކަތްތައް ވަރަށް ރަނގަޅު ކަމަށް. އަދި ކުރިއަށް އޮތް ތާނގައި މާ ރަނގަޅުވާނެ. އެއީ އަބަދުވެސް ކަންތައްތައް ކުރިއަރަމުން އަންނާނެތީ.
އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ، ޙަޤީޤީ ނަތީޖާ އަޅުގަނޑުމެންނަށް މި ނެރެވެނީ ޓީޗަރުންގެ، މުދައްރިސުންގެ ބުރަ މަސައްކަތުންނޭ. އަޅުގަނޑަށް ވަރަށް ގާތުން ފެނިއްޖެ. އަޅުގަނޑަށް ދެވޭ ކޮންމެ ރަށެއްގައި، ކުރީގައިވެސް، އަޅުގަނޑު މަޖިލީހަށް އައުމުގެ ކުރިންވެސް، މަޖިލީހުގައި އުޅުނުއިރުވެސް، އަދި މިހާރު މި ފަސް އަހަރުވެސް އެންމެ އިސްކަމެއްގެ ގޮތުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އަޅުގަނޑަށް ފާހަގަކުރެވުނީ، ރަށަކަށްދިޔަޔަސް ސްކޫލަށް ޒިޔާރަތްކުރުން، ޓީޗަރުންނާއި ޕްރިންސިޕަލުންނާ ބައްދަލުކުރުން. އެއީ އަޅުގަނޑުވެސް ބޭނުންވޭ، އަޅުގަނޑުގެ ދަރިންނަކީ އެންމެ ރަނގަޅު ކުދިންނަށްވާން. ދެން ކަންދިމާކުރިގޮތުން މި ސްކޫލްގެ ގްރޭޑް 4 ގައި އުޅޭ އަޅުގަނޑުގެ ދަރިފުޅުގެ ޕްރިންސިޕަލަކަށް މިއަދު މި ހުންނެވީ ޢަލީ މުޞްޠަފާ.
އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ ހުއްޓައިނުލައްވާށޭ. ޢިލްމު އުނގެނުމަކީ، ސެލްފް އިމްޕްރޫވްމަންޓަކީ ދުވަހަކުވެސް ނިމުމެއް އަންނަ ކަމެއް ނޫނޭ. އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ކޮފީ މޭޒެއްގެ ކައިރީގައި އިށީނދެވުނަސް، ރައްޓެއްސަކާ ދިމާވިޔަސް، އަޅުގަނޑުމެންނަށް އާ ކަންތައްތައް ދަސްވޭ. އޭގެ ހެޔޮ ނަތީޖާ މި އަންނަނީ މުޅި ޤައުމަށް. ދެން އެހެންވީމާ، ތިޔަބޭފުޅުން ކުރައްވާ މަސައްކަތްތައް އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ބަލައިގަންނަން.
އަޅުގަނޑު ހަމަގައިމުވެސް މި މަގާމުގައި، އަދި ފަހުން އަމިއްލަ ހައިސިއްޔަތުންވެސް އަޅުގަނޑު އެ ބަޔަކަށްޓަކައި އެންމެ ފަޚްރުވެރި ވާނީ، އެ ބަޔަކަށްޓަކައި އަޅުގަނޑު ހިތުގެއަޑިން އެންމެ ބޮޑަށް އެ ޝުކުރުވެރިކަން އަޅުގަނޑުގެ ހިތުތެރޭގައި އަބަދުވެސް އޮންނާނެ ބަޔަކީ، ދިވެހިރާއްޖޭގައި ހިމެނޭ ހުރިހާ މުދައްރިސުން. އެހެންވީމާ، ތިޔަބޭފުޅުން މިއަދު ހީފުޅުނުކުރައްވާތި، ތިޔަބޭފުޅުންނަކީ މުހިންމުކަން ކުޑަ ބަޔެކޭ. ތިޔަބޭފުޅުންނަށްވުރެ މުހިންމު ހަމަ އެއްވެސް ބަޔަކު މި ޤައުމުގައި ނެތް. ޤައުމީ ހަމަޖެހުންވެސް ގެނެވެނީ، ތިޔަބޭފުޅުން މަދަރުސާގެ ތެރެއިން ކުދިންނަށް ދެއްވާ ތަރުބިއްޔަތުން. ދަސްކޮށްދެއްވާ އަޚްލާޤުން. ރަނގަޅު ދަރިންތަކަކަށްވުމުގެ އިތުރުން، ޤައުމީ ހަމަޖެހުންވެސް އަންނަނީ އެކަމުގެ ތެރެއިން.
އަޅުގަނޑަށް އެނގޭ، މި ވަގުތަކީ މާބޮޑަށް މިކަހަލަ ވާހަކަ ދައްކަން އޮތް ވަގުތެއްވެސް ނޫން. ދެން އެހެން ނަމަވެސް، އަޅުގަނޑު ކުރީގައި ދަންނަވައިފިން، ފަހަރެއްގައި ދުއިސައްތަ ފަންސާސްވަރަކަށް ޓީޗަރުންނާ މި މަގާމުގައި ހުރެގެން ބައްދަލުނުވެދާނެ ވާހަކަ. ދެން އެހެން ނަމަވެސް، އެހެން ގޮތަކަށް ބައްދަލުވާނެކަމުގެ އުންމީދު އަޅުގަނޑުގެ އޮތީ. އެހެނިހެން ޚިދުމަތްތަކުގެ ތެރެއިން، އިޖުތިމާޢީ ކަންތައްތަކުގެ ތެރެއިން ތިޔަބޭފުޅުންގެ މޫނު ނުފެނި އަޅުގަނޑަކަށް ހަމަގައިމުވެސް މި ޤައުމުގައި އުޅެވޭނެހެނެއް ހިއެއްނުވޭ.
ދަންނަވާލަން ބޭނުންވަނީ، މި އަންނަ ބަދަލުތަކާ އެކީގައި، މި ޗެލެންޖިންގ ވާރލްޑެއްގައި އަޅުގަނޑުމެން އުޅޭއިރު، ތިޔަބޭފުޅުންވެސް ތަރުބިއްޔަތަށް ބޮޑަށް ވިސްނަވަންވާނެއޭ. ދިރާސީ އާ އަހަރު މި ފެށުނީ، މިދިޔަ ހަފްތާގައި. ފެށުނުއިރު، ނުވަދިހަ ހަތަރުހާހަށްވުރެ ގިނަ ދަރިވަރުން އެބަތިބި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ. އެހެންކަމުން، ތިޔަބޭފުޅުން ސަމާލުކަން ދެއްވަންވީ، އެ ކުދިންގެ ތަރުބިއްޔަތަށް. ކުދިން ތަރުބިއްޔަތު ކުރައްވަން. މުދައްރިސުން އެއީ ދެވަނަ ބެލެނިވެރިން. މަންމައާއި ބައްޕައަށްފަހު، އަންނަނީ ތިޔަބޭފުޅުން. ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ އަޚްލާޤު ރަނގަޅު ދަރިންތަކެއް، އަޅުގަނޑުމެންގެ މުޖުތަމަޢަށް ދޫކޮށްލުމުގެ މަސައްކަތް ކުރައްވަމާ ހިންގަވާށޭ. މަސައްކަތްތެރި ކަމެއް، ނޫނީ ކުދިންނަށް ކޮންމެވެސް ކަމެއް ދަސްކޮށްދެއްވާށޭ. މީހުންނަށް ރަނގަޅަށް ހެޔޮކޮށްހިތުމަށް ދަސްކޮށްދެއްވާށޭ. އެއްވެސް ކުއްޖަކަށް ބަދަލެއް ނާންނާނެ އޯވަރނައިޓަކުން. ސްކޫލްގައި، ކްލާސްރޫމްގައި، ތިރީހަކަށް ކުދިން، ތިރީސްފަސްވަރަކަށް ކުދިން ތިބޭއިރު، ރަނގަޅަށް މޮނީޓަރ ކުރީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ ކުއްޖާއަށް އަންނަ ބަދަލު. އެހެންވީމާ، އެކަން ބަލަންވީ ވަރަށް ބޮޑަށް. ބަލާފައި އަޅުގަނޑުމެން އުންމީދު ކުރަންވީ، ﷲ އިރާދަކުރެއްވިއްޔާ، އެއްވެސް ކަހަލަ ގޯސް ކަމެއްގެ ތެރެއަށް ކުއްޖާ ވެއްޓިގެން، ވަދެގެން މި ދާންޖެހޭ ކަހަލަ ތަންތަނަށް ދިއުން ނުވަތަ ރީހެބިލިޓޭޓް ކުރަން ޖެހުން، ނޫނީ، އެފަދަ އެއްވެސް ކަމެއް ނުވުމަށް. "ޖަލު" މިއީ ބުނަން ބޭނުންނުވާ ބަސްތައް މި ހުންނަނީ. "ޖަލު" އެހެން މި ބަސް ގެންނަހިތެއްނުވޭ އަޅުގަނޑެއް. އެކަހަލަ ކަމަކަށް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރެއިން ކުދިން ނުދާނޭ ގޮތަކަށް އަޅުގަނޑުމެންގެ ޢަޒުމް ވަރުގަދަކުރަންވާނެ. ރަނގަޅު އަޚްލާޤަކާއެކު، ކުއްޖާގެ ހިތުތެރޭގައި ޤައުމިއްޔަތު ދިރުވޭނެފަދަ ގޮތަކަށް، ދަރިވަރުން ތަރުބިއްޔަތުކުރުމަށް އަޅުގަނޑުމެން ޚާއްޞަކޮށް، ހުރިހާ މުދައްރިސުން، މިއަދު އެކަމުގެ ޢަޒުމް ކަނޑައަޅަންވާނެ.
އަޅުގަނޑަށް އެނގޭ، ޕްރިންސިޕަލުން ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާކަން. އަޅުގަނޑާ ބައްދަލުނުވާ ހަމަ އެއްވެސް ޕްރިންސިޕަލެއް ނެތް. ޚާއްޞަކޮށް، މާލޭ އޭރިއާގެ ޕްރިންސިޕަލުން. އަދި އެހެނިހެން އަތޮޅުތަކުގެ ޕްރިންސިޕަލުންނާވެސް އަޅުގަނޑާ ބައްދަލުވެއްޖެ. ތިޔަބޭފުޅުން ކުރައްވާ މަސައްކަތް އަޅުގަނޑަށް އެނގޭ. އެހެންވީމާ، މިއަށް ފޯކަސް ކުރައްވަންވީ. އޭރުން އަޅުގަނޑުމެންގެ މުޅި ޤައުމުގެ، މުޅި ސަރުކާރު، ހުރިހާ ރައްޔިތުން، ބެލެނިވެރިން އަދި ތިޔަބޭފުޅުންވެސް ބޭނުންފުޅުވާ ނަތީޖާއާ ހަމައަށް އަޅުގަނޑުމެންނަށްވެސް ދެވޭނީ. އެހެންވީމާ، އަޅުގަނޑުގެ ހިތަށްއެރީ އެ ވާހަކަ މިއަދު ދަންނަވާލާނަމޭ.
ޤައުމީ ހަމަޖެހުމާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނޭ ގޮތަކަށް، ސޭވިންގ ދަސްކޮށްދެވޭކަހަލަ ގޮތަކަށް، ވޭސްޓް ނުކުރާން، ތިމާވެށި ޙިމާޔަތްކުރުމުގެ ވިސްނުން އަބަދު އޮންނާނޭ ގޮތަކަށް، މަގުމައްޗަށް ނޫނީ ގޮނޑުދޮށްތަކަށް ކޮތަޅުތަކާއި ކުނި އުކާލައި، ހަޑިނުކުރާނެ ކަހަލަ ވިސްނުން ގެނައުމަށްޓަކައި، މިގޮތަށް ފިލާވަޅުތައް ބައްޓަން ކުރަން ހިންގަވާ. އަޅުގަނޑަށް އެނގޭ ހަމައެކަނި ކިޔަވައިދެއްވަނީ ނޫންކަން. ވޮކޭޝަނަލް ޓްރޭނިންގއާއި، ވަރަށް ގިނަ މަސައްކަތްތައް ތިޔަބޭފުޅުން ކޮށްދެއްވާކަން. ދެން އަޅުގަނޑު ހަމަ ދަންނަވާލާނަން، ސްކޫލްގެ ތެރެއިންވެސް މިދިޔަ ހަތަރު، ފަސް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަކީ، އަޅުގަނޑުމެން ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައި، މާޙައުލު ޤާއިމުކުރުމަށްޓަކައި ޚާއްޞަކޮށް، މުދައްރިސުންނަށް އެކަށޭނަ މާޙައުލެއް ހޯދައިދިނުމަށްޓަކައިވެސް ކުރެވުނު ގިނަ މަސައްކަތްތަކެއް. އަދިވެސް މަސައްކަތް ކުރެވެމުންދަނީ. އަޅުގަނޑު އުންމީދު ކުރަނީ، ކުރިއަށް އޮތް ތާނގައި، އަދި ހަމަ މާ ރަނގަޅަށްވެސް ކުރިއަށްދާނެ ކަމަށް. އޭގެތެރެއިން އަލަށް އުފެދޭ ސްކޫލްތަކުގައިވެސް، އަލަށް ހުޅުވާ ސްކޫލްތަކުގައިވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މި ހުރިހާ ކަމަކަށް ވިސްނައިގެން އެކިއެކި ފެސިލިޓީސްތައްވެސް އެބަ ގެނެވޭ. ޚާއްޞަކޮށް، މަސައްކަތް ދަސްކޮށްދިނުމަށްޓަކައި ޚާއްޞަ ޕްރޮގްރާމްތަކެއް ފެށިގެން ގޮސްފައިވަނީ. އެ ޕްރޮގްރާމްތައް އިތުރަށް އިމްޕްރޫވް ކުރުމަށްޓަކައި މިހާރުވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކާ އެކީގައި މަސައްކަތްތަކެއް އެބަ ކުރައްވާ. އަދި އެކަމަށް އަޅުގަނޑުމެން ސަރުކާރުން އިތުރު ބާރެއްލައިގެން، އެ މަސައްކަތްތައް ދަސްކޮށްދިނުމަށާއި، ވޮކޭޝަނަލް ޓްރޭނިންގއާއި، ޓެކްނިކަލް އެޑިޔުކޭޝަނާއި، ޓެކްނިކަލް ދާއިރާތަކުން މީހުން ކުރިއަށް ދިއުމަށް، ސަރުކާރުންވެސް ވަރަށް ބޮޑަށް ބޭނުންވޭ. އެހެންވީމާ، އެ ޕާރތްވޭ ކްރިއޭޓް ކުރުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަދޭ.
އަޅުގަނޑު ހިތަށްއެރީ ހަމަ މި ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި، އަޅުގަނޑުމެން ދެކޭގޮތް. އަދި މީހަކު މަގާމަކުން ވަކިވެގެން ދިޔަޔަސް، އެއީ އޭނާއާއި ޤައުމާ ދޭތެރޭގައި، ރައްޔިތުންނާ ދޭތެރޭގައި، ވިސްނާ ވިސްނުމަކަށް، އެދޭ އެދުމަކަށް، އުންމީދުކުރާ ކަންތައްތަކަކަށް ނިމުމެއް އަންނާނެ ކަމެއް ނޫން. މަގާމު ދިޔަޔަސް، ޤައުމަށްޓަކައި ބޭނުންވާ ކަންތައް، ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ ކަންތައްތައް ދުވަހެއް ދުވަހަކަށް ބޮޑުވާނީ. އެއީ، ނިމުމެއް އަންނާނޭ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ ހުރިހާ މުދައްރިސުން، ހުރިހާ ޕްރިންސިޕަލުންގެ ކުރިމަތީގައި އަޅުގަނޑު މަޑުކޮށްލައިގެންހުރެ އެ ވާހަކަވެސް ދަންނަވައިލާނަމޭ.
It is my immense pleasure to stay in front of all of you. I think this is an opportunity that creates more opportunities for everyone. This is an ever changing world. It is a challenging world today. We need to update ourselves like we update our iPhone. Today I got a software update. Just the same. So we need to. Connection is the best thing. We connect to each other, one another and we learn from others. All what we are doing is to make a better generation that will run the country tomorrow, based on all the problems that we are facing in the world. So think this gives an immense opportunity for all our educators in the Maldives.
We the Government is also facilitating, we are doing everything we can. Everything we can. But this is something that the result can be seen only by concerted effort of many, many hands. It can never be done only by the Government. So it is just only all the teachers, educators, the whole community. So it is taking the whole country I would say to educate a child now. It is just not one island. It is just the whole country. So we here in the Maldives, every citizen in this country are very much determined, very much determined to make this happen and to see a country that is more peaceful, and very much advanced, and ready and prepared for any kind of shocks or a more resilient community that will be more prepared. We do not know what is going to happen next. We have had enough, we never expected all these things to happen in the last few years. All those conflicts and then the pandemic and all these. But this is our reality. We must always expect that the most unexpected thing might happen. I am learning it every day. I am sure everybody is learning the same. The most unexpected thing might happen. So we always got to be ready for everything and I thank Sri Educare and I know that you have got a lot of experience and then in India and abroad you are doing a wonderful job. Especially in training and preparing new schools to open. I think this is the best, most noble thing a human being can do is educating a child. Giving a good opportunity for another. So there is so much we have learned. I am hundred percent sure they have learned from each other. It is a never ending thing. It is just a never ending thing. We begin education from the cradle and continue until our last breath. So I am also learning from teachers even today. Not only while I was in my school. Even today I learn from the beloved teachers here in the Maldives and here I just want to congratulate and I just want to assure you that the Government remains unchanged. We will always be there to do whatever that is possible on earth to facilitate everything for the sake of our loving children. We love everyone very much.
So thank you once again to Sri Educare and also Ghiyasuddin, and Ministry of Education. Thank you very much Minister for all your efforts and your team efforts to maintain and to improve the system here in the country. And I am hundred percent sure we will see the result. It is the social sector, we see things like, changes will be seen you know just little by little like growing trees not like building a huge skyscraper. It is a tree growing so we must have some patience. But if we all work together we will have a very good fruit bearing tree.
So thank you very much.