މިއޮފީހުގެ ހުސްވެފައިވާ މިދަންނަވާ ދެވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި،ޤާބިލު މީހުންނެވެ.
 
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމުތައް:
 
1. މަގާމުގެ ނަން:
ގާޑު
ރޭންކް:
އެސް.އެސް 1
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:
ކޯޕަރޭޓް ސަރވިސް އޮފީސް/ އެޑްމިނިސްޓްރޭޝަން
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
3,100.00 ރުފިޔާ
ސަރވިސް އެލަވަންސް:
1,000.00 ރުފިޔާ
ޚާއްޞަ އެލަވަންސް:
1,395.00 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
އޮގްޒިލަރީ ސަރވިސް އެލަވަންސް:
700.00 ރުފިޔާ
މަގާމުގެ ޝަރުޠު:
-    ލިޔަން ކިޔަން ދަތުން.
-    ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
-    ރިހިޖެހިކޮށީގެ ސެކިއުރިޓީ ބެލެހެއްޓުން.
2. މަގާމުގެ ނަން:
ސްޕެޝަލް ސަޕޯޓް އެސިސްޓެންޓް
ރޭންކް:
އެސް.އެސް 1
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:
ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނަންސް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
31,00.00 ރުފިޔާ
ސަރވިސް އެލަވަންސް:
1,000.00 ރުފިޔާ
ޚާއްޞަ އެލަވަންސް:
1,395.00 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
އޮގްޒިލަރީ ސަރވިސް އެލަވަންސް:
700.00 ރުފިޔާ
މަގާމުގެ ޝަރުޠު:
-        ލިޔަން ކިޔަން ދަތުން.
-        ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
-    ހައުސްކީޕިންގ އާއި މެއިންޓެނަންސްގެ މަސައްކަތްތައް
- (މައިގަނޑު މަސައްކަތްތައް: ކުލައާއި ދަވާދުލުން، ފުރާޅު ސާފުކުރުން، އޮފީހުގެ ގަސްތަކަށް ފެންޖަހާ ބެލެހެއްޓުން، ތަފާތު ބާވަތްތަކުގެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުން)
ހުށަހަޅަންޖެހޭ ތަކެތި:
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
ށ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
ނ. ވަޒީފާއަށްއެދޭފަރާތުގެވަނަވަރު.
 
މި މަގާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން،މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު،2022 ޖުލައި 5 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން،މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ،މަގާމުގެ ޝަރުޠު ހަމަވެ،ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި
ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidency.gov.mv އެވެ.
29 ޖޫން 2022