އަލްޙާފިޡާ ޢާޠިފާ ޢަބްދުލްބާރީ
މާލެ ދަފްތަރު ނަންބަރު ރސ 12572

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަކީ، ކުޑައިރުއްސުރެ ފެށިގެން ޢާޠިފާ ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވަމުން ގެންދެވި ކަމެކެވެ. އޭރު މައިންބަފައިންވެސް އެކަމަށް ބާރުއަޅުއްވަމުން ގެންދެވިއެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކްލާހުގައި ބައިވެރިވެވަޑައިގެން، ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ފެށްޓެވީ، ޢުމުރުން 53 އަހަރުގައި މާލެއަށް ދިރިއުޅުއްވުން ބަދަލުކުރެއްވުމާ ގުޅިގެންނެވެ. ކީރިތި ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ، ޢުމުރުން 56 އަހަރުގައެވެ. އޭގެފަހުން ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައްޔާއި، ގޭގައި މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.