އަލްޙާފިޡާ ލަޠީފާ މުޙައްމަދު
ގޯލްޑަން ފްލާވަރ ސ. ހިތަދޫ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، ޢުމުރުން 12 އަހަރުގައެވެ. އައްޑޫސިޓީ ހިތަދޫގައި ހިންގަމުން ގެންދިޔަ ޤުރްއާން ހިތުދަސްކުރާ ކްލާހުގައި ބައިވެރިވެގެންނެވެ. 7 ފޮތް އޭރު ހިތުދަސްކުރެއްވިއެވެ. މެދުކެނޑުމަކަށްފަހު އަލުން ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ ޢުމުރުން 35 އަހަރުގައެވެ. މެދުކެނޑުނު މުއްދަތުގައިވެސް، ހިތުދަސްކުރެއްވި ފޮތްތައް މުރާޖަޢާކޮށް، އިތުރަށް ހިތުދަސްކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. 2007 ވަނަ އަހަރު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކްލާހުގައި ބައިވެރިވެވަޑައިގެން 14 ފޮތް ހިތުދަސްކުރެއްވުމަށްފަހު މެދުކަނޑުއްވައިލެއްވިއެވެ. އަލުން ފަށްޓަވައިގެން، މުޞްޙަފް އެއްކޮށް ހިތުދަސްކުރައްވައި ނިންމެވީ، 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ލަޠީފާ މުޙައްމަދު، ކީރިތި ޤުރްއާން ޙިފްޡު ކުރެއްވުމުގެ ބުރަ މަސައްކަތް ކުރެއްވީ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޤުރްއާން މުދައްރިސެއްގެ ގޮތުގައި ހުންނަވައިގެންނެވެ.