އަލްޙާފިޡް ސަލްމާން މުޙައްމަދު ލަޠީފް
ފެހިގެ ދ. މީދޫ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން ސަލްމާންގެ ހިތްޕުޅުގައި އުފެދުނީ، މަދްރަސީ ދައުރުގައެވެ. ޢަރަބިއްޔާ ސްކޫލްގައި އުޅުއްވިއިރު، ޤުރްއާން މުޤައްރަރުގައިވާ މިންވަރު ފުރިހަމަކުރެއްވުމަށް 10 ފޮތް ހިތުދަސްކުރެއްވުން ވީ، ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކުރެއްވުމަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރަކަށެވެ. މީގެއިތުރުން، ޢާއިލާގައި 3 ޙާފިޡުން ތިއްބެވުމަކީވެސް އެކަމަށް އިތުރަށް ލިބިވަޑައިގެންނެވި ހިތްވަރެކެވެ. މަންމައާއި ބައްޕައާއި، ޢާއިލާގެ ހުރިހާ މެންބަރުންގެ އެހީތެރިކަން ލިބިގެން، 2020 ވަނަ އަހަރު ކީރިތި ޤުރްއާން މުރާޖަޢާކޮށް ނިންމެވިއެވެ. އަދި 2020 ޑިސެންބަރު މަހު 1 ވަނަ ދަރަޖައިގައި ފާސްވެ ސަނަދު ހާސިލު ކުރެއްވިއެވެ.