![](https://storage.googleapis.com/presidency.gov.mv/Photos/188930_fe5563da-c_.png)
މާލެ ދަފްތަރު ނަންބަރު ރސ 13802
ކީރިތި ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ ޢުމުރުން 43 އަހަރުގައެވެ. އެކަމަށް ޝައުޤުވެރިވެ، ޤުރްއާން ހިތުދަސްކުރެއްވުމަށް ލޯބިޖެހުނީ، އަނީސާގެ ބޭފުޅުންނަށް ޤުރްއާން ދަސްކޮށްދެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިންނެވެ. ފުރަތަމަ ހިތުދަސްކުރައްވަން ފެށްޓެވީ، ގޭގައި އަމިއްލަފުޅަށް ދުވާލަކު ޞަފްޙާއެކެވެ. ގޭގައި 16 ފޮތް ދަސްކުރެއްވުމަށްފަހު، ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގަތީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ، 17 ފެބުރުވަރީ 2020 ގައެވެ. ޙާފިޡު ކަމުގެ ސަނަދު ލިބިވަޑައިގަތީ، 2 ޑިސެންބަރު 2020 ގައެވެ.