އާދަމް ޝަރީފަކީ އިނގިރޭސިވިލާތުގައި ތަޢުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލްކުރައްވާފައިވާ އެ ދާއިރާގެ ތަޖްރިބާކާރެކެވެ. 1981 ވަނަ އަހަރު ޤައުމަށް ޚިދުމަތްކުރައްވަން އެމަނިކުފާނު ފެށްޓެވީ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. ޓީޗަރުން ތަމްރީންކުރުމުގެ ދާއިރާގައި ދިގު މުއްދަތަކު ޚިދުމަތްކުރެއްވިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރެއްވިއެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރުކަމުގެ މަގާމުވެސް އެމަނިކުފާނުވަނީ ފުރުއްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގައެވެ.