ޑރ. ޢާއިޝަތު ރަމީލާ ވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަގާމާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް އެންޑް ފެމެލީގެ މަގާމުވެސް އަދާކުރައްވާފައެވެ. ޑރ. ޢާއިޝަތު ރަމީލާ ދިވެހި ސަރުކާރުގެ ޚިދުމަތް ފެށްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ. ވޭތުވެ މިދިޔަ 33 އަހަރުދުވަހުގެ ތެރޭ ސަރުކާރާ އަދި އަމިއްލަ ވިޔަފާރިތަކާ ޚިދުމަތްތަކުގެ ދާއިރާގައިވެސް ޑރ. ރަމީލާގެ ޚިދުމަތް ދިވެހި ޤައުމަށް ދިޔައީ ލިބެމުންނެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.