އިނގިރޭސި ވިލާތުގެ ލަންޑަނުން، ސިވިލް އިންޖީނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާޞިލްކުރެއްވުމަށްފަހު، ފުލުހުންގެ ވަޒީފާއާ ޑރ. ޢަބްދުﷲ މުއްޠަލިބު ގުޅިވަޑައިގަތީ 2009 ވަނަ އަހަރުއެވެ. ޤައުމީ ޚިދުމަތުގެ ގިނަ ދުވަސްތައް ހޭދަކުރައްވާފައި ވަނީ ރަށްވެހި ތަރައްޤީއާ ޤައުމު ބިނާކުރުމުގެ ދާއިރާގައެވެ. މިގޮތުން، އެޗް.ޑީ.ސީ އާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މަތީ މަގާމުތަކެއް ވަނީ ފުރުއްވާފައެވެ. އެމަނިކުފާނު ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާޞިލްކުރައްވާފައި ވަނީ، ޖިއޯ ޓެކްނިކަލް އިންޖިއަނިރިންގެ ދާއިރާއިން، އިނގިރޭސިވިލާތުންނެވެ. އެއީ 2020 ވަނަ އަހަރުއެވެ.