ޑރ.މަރްޔަމް މާރިޔާއަކީ ތަޖްރިބާކާރު ޓީޗަރެއް އަދި ޓިޔުޓަރެކެވެ. ތަޢުލީމީ ދާއިރާގައި އެކަމަނާ މަސައްކަތްކުރައްވާތާ 31 އަހަރަށްވުރެ ގިނަވެއްޖެއެވެ. 2012 ވަނަ އަހަރު، ނިއުޒީލޭންޑުގެ މޭއްސީ ޔުނިވާސިޓީގައި އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކުރެއްވިއެވެ. ދިވެހިރާއްޖޭގެ އިތުރުން، ނިއުޒީލެންޑާ، އޮސްޓްރޭލިއާއާ، އިނގިރޭސިވިލާތުގެ އެކި ޔުނިވާސިޓީތަކުގައި ތަޢުލީމަށް ޚިދުމަތްކުރެއްވިއެވެ. ރާއްޖޭގައި އެކަމަނާ ވަނީ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ، ވިލާ ކޮލެޖާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައިވެސް މަސައްކަތްކުރައްވާފައެވެ.