ސަރުކާރުގެ ޚިދުމަތަށް މުޙައްމަދު އަމީން ފެށްޓެވީ ދިވެހި ޤައުމީ ދިފާޢީ ބާރުގައެވެ. އޭގެފަހުން، ސްރީލަންކާއިން ޕައިލެޓް ލައިސެންސް ޙާސިލްކުރައްވައި، ކެނެޑާ، އެމެރިކާ، މެލޭޝިޔާ، އަދި ސިންގަޕޫރުން މިދާއިރާގެ އެކި ކޯސް ފުރިހަމަކުރެއްވިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ޗެއަރމަންކަން ކުރެއްވިއެވެ. އައިލެންޑް އޭވިއޭޝަންގައި ޚިދުމަތްކުރެއްވި 15 އަހަރަށްވުރެ ދިގު މުއްދަތުގައި، ހެޑް އޮފް ސޭފްޓީގެ މަގާމުގެ އިތުރުން، ޑިރެކްޓަރ އޮޕަރޭޝަންސްގެ މަގާމު އަދާކުރެއްވިއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭން 2023 ގެ މެނޭޖަރަކީވެސް މުޙައްމަދު އަމީނެވެ.