ޠާރިޤު އިބްރާހީމް ވަނީ، ބިލްޑިންގް ސައިންސްގެ ދާއިރާއިން ސިންގަޕޫރުގައި، އަދި ބިލްޑިންގް ސަރވިސަސް އިންޖިނިއަރިންގގެ ދާއިރާއިން އިނގިރޭސިވިލާތުގައި މަތީ ތަޢުލީމު ޙާޞިލްކުރައްވާފައެވެ. އެޗް.ޑީ.ސީ އާ އެމް.ޓީ.ޑީ.ސީ ގެ ޑިރެކްޓަރުންގެ ބޯޑުގައި ޚިދުމަތްކުރެއްވިއެވެ. މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ކުރެއްވިއެވެ. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ އެއް މުއައްސިސަކީ ޠާރިޤު އިބްރާހީމެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މަގާމު 5 އަހަރުދުވަހު އެމަނިކުފާނު އަދާކުރެއްވިއެވެ.