ޑރ. ޢާއިޝަތު ޝިހާމް ޤައުމީ ޚިދުމަތަށް ނުކުމެވެޑައިގަތީ ޓީޗަރެއްގެ ގޮތުގައި 1983 ވަނަ އަހަރުއެވެ. އެޑިޔުކޭޝަން މިނިސްޓަރުކަމުގެ މަގާމުގެ އިތުރުން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގެ މަގާމުވެސް އެކަމަނާ ވަނީ އަދާކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް ވިމެންސް އެފެއަރޒް އެންޑް ސޯޝަލް ސެކިއުރިޓީގެ އިސް މަގާމުތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވިއެވެ. އެކަމަނާ މަތީ ތަޢުލީމް ޙާޞިލްކުރައްވާފައި ވަނީ ކައުންސެލިންގ އަދި ސައިކޮލޮޖީގެ ރޮނގުންނެވެ. ސައިކޮލޮޖީގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލްކުރެއްވީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނިއުކާސަލް ގައެވެ.