އަލްއުސްތާޛު އަޙްމަދު އުޝާމަކީ، ޤާނޫނީ ދާއިރާއާ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ދާއިރާއިން، މެލޭޝިއާއާ އިނގިރޭސިވިލާތުގައި މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ 10 އަހަރު ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުގެ އެކި މަގާމުތަކުގައި ޚިދުމަތްކުރައްވާފައެވެ. މިގޮތުން، ޑެޕިއުޓީ ސްޓޭޓް އެޓާނީކަމާ، ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްކަމާ، ޑެޕިއުޓީ އެޓާނީ ޖެނެރަލްކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ. އެންމެފަހުން އަޙުމަދު އުޝާމް ހުންނެވީ ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގެ މަގާމުގައެވެ.