ޑރ. ޢަބްދުﷲ ޚަލީލް ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1997 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ މާލީ ވުޒާރާގެ އިސް މަގާމުތަކެއް ފުރުއްވިއެވެ. އަރިއަތޮޅު އުތުރުބުރިއާ، ނޫނު އަތޮޅުގެ އަތޮޅުގެ ވެރިކަން ކުރެއްވިއެވެ. ދިވެހި ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރުކަން ކުރެއްވިއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވިއެވެ. އެމަނިކުފާނު ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާޞިލްކުރައްވާފައި ވަނީ ޕަބްލިކް ޕޮލިސީގެ ދާއިރާއިން، ޔުނިވަރސިޓީ އޮފް ބުރޫނާއީ ދާރުއްސަލާމްގައެވެ.