ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުކަމުގައި މޫސާ ޒަމީރުވަނީ 5 އަހަރުދުވަހު ޚިދުމަތްކުރައްވާފައެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެމަނިކުފާނު މަތީ ތަޢުލީމު ޙާޞިލްކުރެއްވީ އިނގިރޭސިވިލާތުގައެވެ. މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި 6 އަހަރު ޚިދުމަތް ކުރެއްވިއެވެ. ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު 8 އަހަރު ފުރުއްވިއެވެ. އެމަނިކުފާނަކީ ވިޔަފާރީގެ ދާއިރާއާ ސިޔާސީ ދާއިރާގައިވެސް ތަޖްރިބާކާރު ޚިދުމަތްތެރި ބޭފުޅެކެވެ. 2015 ވަނަ އަހަރުން 2018 ވަނަ އަހަރަށް ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުވަނީ އަދާކުރައްވާފައެވެ.