އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުސްވެފައިވާ 5 މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު، 31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްދެއްވާފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 ޖަނަވަރީ 30 އަދި 31 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި، މި އޮފީހުގެ ވެބްސައިޓް presidency.mv އިން ފޯމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެއެވެ.