މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
 
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމު:
 
1. މަގާމުގެ ނަން
އިންޓަރނަލް އޮޑިޓަރ
ރޭންކް:
އެމް.އެސް 3
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:
ކޯޕަރޭޓް ސަރވިސް އޮފީސް/ އެޑްމިނިސްޓްރޭޝަން
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
7,035.00 ރުފިޔާ
ސަރވިސް އެލަވަންސް:
2000.00ރުފިޔާ
ޚާއްޞަ އެލަވަންސް:
3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
00.2,500 ރުފިޔާ
މަގާމުގެ ޝަރުޠު:
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް)ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
 
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ)ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނަލް އޮޑިޓް ކުރުމުގެ އެންމެހައި މަސައްކަތްތައް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
-  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނަލް އޮޑިޓް އަހަރީ ޕްލޭން އެކުލަވައިލުން.
- އިންޓަރނަލް އޮޑިޓް އަހަރީ ޕްލޭނާ އެއްގޮތަށް އޮޑިޓްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން.
-    އިންޓަރނަލް އޮޑިޓް އަހަރީ ރިޕޯޓް އެކުލަވައިލުން.
-  އިންޓަރނަލް އޮޑިޓް ރިޕޯޓްތަކުގައި އިސްލާޙްކުރުމަށް ހުށަހެޅޭ ކަންތައްތައް އޮފީހުގެ މެނެޖްމަންޓަށް ހުށަހަޅައިގެން އިސްލާޙްކުރުން.
-  އިންޓަރނަލް އޮޑިޓް ކޮމިޓީއަށް އިދާރީގޮތުންނާއި ފަންނީގޮތުން އެހީތެރިވެދިނުން.
-   އިންޓަރނަލް އޮޑިޓާގުޅޭ ކަންކަމުގައި އިންޓަރނަލް އޮޑިޓް ކޮމިޓީން ކަނޑައަޅާ ގޮތެއްގެމަތިން ޖަވާބުދާރީވުން.
- އިންޓަރނަލް އޮޑިޓާ ގުޅިގެން އޮފީހުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
ހުށަހަޅަންޖެހޭ ތަކެތި:
1.    "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
2.    ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
3.    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 
  މި މަގާމަށްޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު،13  ޑިސެންބަރު 2021 ވާ ހޯމަ ދުވަހުގެ  14:00 ގެ ކުރިން، މިއޮފީހުގެ އީމެއިލް [email protected]މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
 ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަންކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.presidency.gov.mv އެވެ.
މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ.
07 ޑިސެންބަރު 2021