ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް، އަދި ޑަބްލިއުޑީސީ ގެ ގޮނޑިތަކަށް ވާދަކުރައްވާ ކާމިޔާބީ ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ދަންނަވައެވެ. މި އިންތިޚާބުން ހޮވިވަޑައިގެންނެވި އެންމެހައި ފަރާތްތަކާއިއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގައި އެފަރާތްތަކުގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެކަމަށް އެމަނިކުފާނު އުންމީދުކުރައްވައެވެ.

މި އިންތިޚާބުގައި ރައްޔިތުން ލީ ވޯޓާއި، ރައްޔިތުންގެ އިޙްސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަނެ، އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުން ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވައެވެ.