ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑުތަކާއި ޝަރުޠުތައް ހދ. ކުޅުދުއްފުށީގައި ހަމަވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 13/2019 (ހދ. ކުޅުދުއްފުށްޓަކީ ސިޓީއެއްކަމުގައި ކަނޑައެޅުން) ގެ ދަށުން، ހދ. ކުޅުދުއްފުށްޓަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ ދަށުން، "ކުޅުދުއްފުށީ ސިޓީ ކައުންސިލް" ގެ ނަމުގައި ސިޓީ ކައުންސިލެއް، 2020 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފައްދަވައިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.