މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިނގަމުންދާ "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް" ގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު" ގެ ނަމަށް ބަދަލުވީކަމަށް، ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) ގެ  14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާތީ، "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް" ގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު" ގެ ނަމަށް، 2019 ސެޕްޓެންބަރު 12 ވަނަ ދުވަހުން ފެށިގެން ބަދަލުވެފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ހަމަޖައްސަވައިފައި އޮތް ނަންބަރު ކަމުގައިވާ 222 ކަމުގައި ވެސް ދެންނެވީމެވެ.