2018 ޑިސެންބަރު 2 ވާ އާދީއްތަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 8:00 ން މެންދުރުފަހު 3:00 އަށް ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތަށް ހަމަޖެއްސެވިނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތަކެތި ބަލައިގަންނަ ގަޑިއަކީ ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 8:00 ން މެންދުރުފަހު 2:00 އަށް ކަމުގައި ދަންނަވަން ރައީސް ވިދާޅުވިއެވެ.