މި އޮފީހުގެ ނަންބަރު 2007/9 (6 އޮގަސްޓު 2017) ދެންނެވުމަށް ޙަވާލާދީ ދަންނަވަމެވެ.

ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި 6 މާރިޗު 2017 ގައި އިފްތިތާޙު ކުރައްވާފައިވާ [ތަރިކަ] މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ ލޯގޯ، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ކަނޑައަޅުއްވާފައިވާ މުއްދަތު، މި އޮގަސްޓު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، އެ ލޯގޯ ބޭނުންކުރެއްވުމުގެ މުއްދަތު އިތުރުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވީމާ، މި އޮގަސްޓު މަހުގެ 14 ވާ އަންގާރަ ދުވަހުން ފެށިގެން އެއް އަހަރުދުވަހުގެ މުއްދަތަށް، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި [ތަރިކަ] މަޝްރޫޢުގެ ލޯގޯ ޖެއްސެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.