2018 ޖުލައި 27 ވީ ހުކުރުދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ 53 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު، 2018 ޖުލައި 28 ވާ ހޮނިހިރުދުވަހަށް ފަސްކުރެއްވުމާ ގުޅިގެން ސަރުކާރުގެ ގިނަ މުވައްޒަފުންނާއި ސްކޫލުތަކުގެ ގިނަ ދަރިވަރުންތަކެއް މި ޙަރަކާތުގައި ބައިވެރިވާތީ، 2018 ޖުލައި 29 ވާ އާދީއްތަދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސެވުމުން، މިނިވަންދުވަހާއި މިނިވަންދުވަހުގެ މުނާސަބަތުގައި ބަންދުކުރާ ދުވަހަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މި ޖުލައި މަހުގެ 30 ވާ ހޯމަ ދުވަހު ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.