މި ދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރަކަށްވެފައި އަދި މި ފެށޭ އައު އަހަރުގެ ފުރަތަމަ ދުވަހަކީ ހޯމަދުވަހަކަށްވުމުން، 2017 ޑިސެންބަރު 31 ވާ އާދީއްތަދުވަހަކީ، ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސެވުމުން، ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، 2018 ޖަނަވަރީ 2 ވާ އަންގާރަދުވަހު ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.