މާދަމާ، 2017 މޭ 7 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މިއަދާއި، މިރޭ، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު، ލޯކަލް ކައުންސިލްގެ އިންތިޚާބުގެ އެކި މަސައްކަތްތަކުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާތީއެވެ.