ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި 6 މާރިޗު 2017 ގައި "ތަރިކަ" މި ނަމުގައި މަޝްރޫޢެއް އިފްތިތާޙު ކުރައްވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި މަޝްރޫޢުގެ ކަންތައްތައް ހިންގެވުމަށްޓަކައި، އިދާރީ ކޮމިޓީއަކާއި ފަންނީ ކޮމިޓީއެއް އުފައްދަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ތަރިކަ" މަޝްރޫޢުގެ މަސައްކަތްތައް ރާއްވަވާނީ، ފަންނީ ކޮމިޓީން ކަމަށާއި، ފަންނީ ކޮމިޓީން އަންގަވާ ކަންތައްތައް ހިންގެވުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ކުންފުނިތަކުން އެއްބާރުލުން ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެތަންތަނުން ކުރިއަށް ރާއްވަވާ ކަންތައްތަކުގެ ތެރެއިން މި މަޝްރޫޢާ ގުޅުވައިލެއްވޭނެ ކަންތައްތައް، މި މަޝްރޫޢާ ގުޅުވައިލައްވައިގެން ކުރައްވަމުން ގެންދެވުމަށާއި، މި މަޝްރޫޢުގެ އިދާރީ ކޮމިޓީން އެދިވަޑައިގަންނަވާ ކަންކަމުގައިވެސް އެއްބާރުލުން ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.