އައި.ޖީ.އެމް.އެޗް. ގައި ޤާއިމުކުރައްވާފައިވާ އޯކިޑް ކޮންފަރެންސް ފެސިލިޓީ، ސަރުކާރުގެ ވުޒާރާތަކުންނާއި ކުންފުނިތަކުންނާއި މުއައްސަސާތަކުގެ އެކި ބޭނުންތަކަށް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ވީމާ، ސަރުކާރުގެ ވުޒާރާތަކުންނާއި ކުންފުނިތަކުންނާއި މުއައްސަސާތަކުގެ އެކި ބޭނުންތަކަށް އޯކިޑް ކޮންފަރެންސް ފެސިލިޓީ ބޭނުންކުރެއްވުން އެންމެ ރަނގަޅުކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.