މާދަމާ، 2013 އޮކްޓޫބަރ 19 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު، ސުޕުރީމް ކޯޓުގެ ޙުކުމާ އެއްގޮތަށް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބޭއްވުމަށްޓަކައި ދެއްވަންޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވުމަށް ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު މި ފުރުޞަތުގައި އިލްތިމާސް ކުރަމެވެ. އަދި މިހާރު ކުރިމަތިވެފައިވާ މައްސަލަތައް، އިލެކްޝަންސް ކޮމިޝަނާއި، އިންތިޚާބުގައި ބައިވެރިވާ ސިޔާސީ ޕާޓީތަކާއި، ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން ޙައްލުކޮށް، އޮމާންކަމާއެކު މި އިންތިޚާބު ބޭއްވޭނެ ވެށްޓެއް ޤާއިމުކޮށްދެއްވުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ވޯޓުލުމުގެ ޙައްޤަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން، ކަންކަން އިންތިޒާމުކޮށްދެއްވުމަކީވެސް އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.

މި ފުރުޞަތުގައި، އިންތިޚާބަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުހިންގެވުމަށާއި، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ މަޞްލަޙަތު އިސްކުރެއްވުމަށްވެސް އަޅުގަނޑު އިލްތިމާސްކުރަމެވެ.