1.      އިމާރާތް ކުރުމުގެ ދާއިރާ ތަރައްޤީކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި، މި ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުން. 

2.      ޕަބްލިކް އިންފްރާސްޓަރަކްޗަރ ތަރައްޤީކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން. 

3.      ޤާނޫނު ނަންބަރު 2017/4 (އިމާރާތްކުރުމުގެ ޤާނޫނު) ތަންފީޒުކުރުމާއި، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތަކާއި ބިލްޑިންގ ކޯޑްތަކާއި މިންގަނޑުތަކާއި އުސޫލުތައް ހަދައި، އެކަންކަން ތަންފީޒުކުރުން. 

4.      އިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކުރުމުގައި ޤައުމީ ފެންވަރުގައި ހާސިލުކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

5.      އިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެމަތިން މާސްޓަރ ޕްލޭންތަކާއި ސްޓްރެޓީޖިކް ޕްލޭންތަކާއި އެކްޝަން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމާއި، އެ ޕްލޭންތައް ތަންފީޒުކުރަމުންދާގޮތް މޮނިޓަރކުރުން.

6.      އިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

7.      ޤާނޫނު ނަންބަރު 2017/4 (އިމާރާތްކުރުމުގެ ޤާނޫނު)ގެ ދަށުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި، އެ ޤާނޫނުގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތައް ބެލުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.

8.      އިމާރާތްކުރުމުގެ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ބެލުމާއި، އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކޮންޓްރެކްޓަރުންނާއި ފަންނުވެރި މަސައްކަތްތެރިން ގިންތިކޮށް ރަޖިސްޓަރީކުރުމާއި އެ ފަރާތްތަކަށް ލައިސަންސް ދިނުން.

9.      އިމާރާތްކުރުމުގެ ދާއިރާއަށް އަންނަ ބަދަލުތައް ދެނެގަނެ، އިމާރާތްކުރުމުގެ ދާއިރާއާއި ސިނާއަތް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ދިރާސާތައްކުރުމާއި، އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.

10.  އިމާރާތްކުރުމުގެ ދާއިރާގައި ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި މެދުކެނޑުމެއްނެތި ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރުން.

11.  އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި އެ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެއްޗާއި، އުފެއްދުންތަކާއި، މަސައްކަތްކުރާ ގޮތްތައް ތަރައްޤީކުރުމަށް އިމާރާތްކުރުމުގެ ސިނާއތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

12.  އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ގާބިލުކަމާއި ފަންނުވެރިކަން ކުރިއެރުވޭނެގޮތްތަކާ ބެހޭގޮތުން އެފަރާތްތަކަށް ލަފާދިނުން.

13.  ސަރުކާރުގެ އޮފީސްތަކުން ހިންގާ އިންފްރަސްޓްރަކްޗަރ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލައި، މިކަންކަމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.

14.  ސަރުކާރުގެ އިންފްރަސްޓްރަކްޗަރ މަޝްރޫޢުތައް ހިންގުމުގެ ފެންވަރު ކަނޑައެޅުމާއި، ސަރުކާރުގެ އިންފްރަސްޓްރަކްޗަރގެ މަޝްރޫޢުތައް ހިންގަނީ ކަނޑައަޅާފައިވާ ފެންވަރުގައިކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކަށަވަރުކުރުން.

15.  ސަރުކާރުގެ އޮފީސްތަކުން ހިންގާ މަޝްރޫޢުތަކާއި، ސަރުކާރު ހިއްސާވާ ފަރާތްތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ހުޅުވައިލެވޭ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތު ދިރާސާކޮށް، ހުށަހެޅޭ ޓެންޑަރތަކާބެހޭ ގޮތުން ނޭޝަނަލް ޓެންޑަރ ބޯޑަށް މަޝްވަރާއާއި ލަފާ ދިނުން.

16.  ސަރުކާރުގެ އޮފީސްތަކުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ރާއްޖޭގެ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ހިޔާވަހިކަމާއި، މީޓިއޮރޮލޮޖީއާބެހޭ ދާއިރާގެ މަޝްރޫޢުތައް ފިޔަވައި، އެހެން މަޝްރޫޢުތަކަށް ސަރުކާރުގެ އޮފީސްތަކުން ހޯދާ ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު.) ގައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއްތޯ ބެލުން.

17.  ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގާ މަޝްރޫޢުތަކާއި، ސަރުކާރުން ހިންގަން ކަނޑައަޅާ ޕަބްލިކް އިންފްރާސްޓްރަކްޗަރުގެ ހާއްސަ މަޝްރޫޢުތައް (މަގާއި، ބްރިޖާއި، ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމާއި، މުވާސަލާތީ ވިއުގައާއި، އެއަރޕޯޓާއި، ޕޯޓާއި، ބަނދަރާއި، ބިން އުފެއްދުމާއި، ކޯސްޓަލް ޕްރޮޓެކްޝަނުގެ މަޝްރޫޢުތައް ހިމެނޭގޮތަށް) ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލުމާއި، އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

18.  ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

19.  ލޯކަލް ކައުންސިލްތަކުން ޕަބްލިކް އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތައް ހިންގުމަށް އެ ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފާދިނުމާއި، އެފަދަ މަޝްރޫޢުތަކުގެ ފެންވަރު ވަޒަންކޮށް މޮނިޓަރކުރުން.

20.  ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުފަދަ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ނިމުމުން، އެ ނިޒާމުތައް ބަލަހައްޓައި ޚިދުމަތްދޭނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތައް މެދުވެރިކޮށް އެ ނިޒާމުތަކުން ޚިދުމަތްދޭނެ އިންތިޒާމުތައް ހަމަޖެއްސުން.

21.  ޤުދުރަތީގޮތުންނާއި، އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާ ގުޅިގެން ރަށްރަށުގެ ޕަބްލިކް އިމާރާތްތަކާއި، އެހެނިހެން އިންފްރާސްޓްރަކްޗަރތަކަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމާއި، މިފަދަ ގެއްލުންތަކުން ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތައް ދަނެގަތުން.

22.  ޤުދުރަތީގޮތުންނާއި، އެ ނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާ ގުޅިގެން ރަށްރަށުގެ ޕަބްލިކް އިންފްރާސްޓްރަކްޗަރތަކަށް ލިބޭ ގެއްލުންތައް މަރާމާތު ކޮށްދިނުމުގެ ކަންތައް ހިންގައި ވިލަރެސްކުރުމާއި، އެފަދަ ގެއްލުންތަކާ ގުޅިގެން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މިނިސްޓްރީގެ ދާއިރާއިން ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދިނުން.

23.  ދައުލަތުގެ އިމާރާތްތަކާއި، އެހެނިހެން އިންފްރާސްޓްރަކްޗަރތަކުގެ ދަފުތަރެއް އެކުލަވާލައި، އެ ދަފުތަރު ބަލަހައްޓައި، އެ ތަންތަން ބޭނުންކުރަމުންދާ ގޮތް ބެލުން.

24.  ސަރުކާރުގެ އިމާރާތްތަކުގެ ޖާގަ ބޭނުންކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، ޖާގަ ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، އެ މިންގަނޑުތަކަށް އަމަލުކުރަމުންދޭތޯ ބަލަމުން ގެންދިއުން.

25.  ދައުލަތުގެ އޮފީސްތަކުގެ ޖާގަ ކަނޑައެޅުން.

26.  ދައުލަތުގެ އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓަކްޗަރތަކުގެ ތެރެއިން މިނިސްޓްރީއާ ބެލެހެއްޓުން ހަވާލުކުރާ ތަންތަން މެއިންޓެއިންކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ރާވައި އިންތިޒާމުކުރުން.

27.  ސަރުކާރުގެ ބިނާރާއާ ގުޅުންހުރި މަރާމާތުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާވައި އިންތިޒާމުކުރުން.

28.  އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.

29.  އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި، އެ ދާއިރާއަށް ބޭނުންވާ ތަމްރީނުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.

30.  އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް އިތުރުކުރުމަށް ބާރުއަޅެމުގެ ގޮތުން، އިމާރާތްކުރުމުގެ ސީނާއަތުގައި އިޤްތިޞާދީ ނަފާ ހޯދެން ހުރި ތަފާތު ފުރުޞަތުތަކަށާއި، މަސައްކަތްތެރިކަމާއި ވަޒީފާގެ ފުރުޞަތުތަކަށް އާންމު ހޭލުންތެރިކަން އިތުރުކުރުން.

31.  އިމާރާތްކުރުމުގެ ދާއިރާއިން ބޭރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.

32.  އިމާރާތްކުރުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.

33.  އިމާރާކުރުމުގެ ދާއިރާއާގުޅޭ ތަފާސް ހިސާބާއި އިޤްތިޞާދީ އަދި އިޖްތިމާޢީ މަޢުލޫމާތު އެއްކޮށް، ރިޕޯޓުތައް އެކުލަވައިލައި ޝާއިޢުކުރުން.

34.  އިމާރާތްކުރުމުގައި ބޭނުންކުރާ މައިގަނޑު ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް އަދާހަމަކޮށް ބަލަހައްޓައި ޝާއިޢުކުރުން.

35.     އިމާރާތްކުރުމާއި ބިނާރާއާއި ގުޅޭ މަސައްކަތްތަކުގެ ރެކޯޑުތަކާއި ކުރެހުންތަކާއި ފަހަށް ރައްކާކުރަން މިނިސްޓްރީން ކަނޑައަޅާ އެހެނިހެން ލިޔެކިޔުންތަކުގެ އަރުޝީފެއް ގާއިމުކޮށް ބެލެހެއްޓުން.

36.  މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.