(20 ޖުލައި 1910 – 19 ޖެނުއަރި 1954)

މުޙައްމަދު އަމީން އަކީ ހުރާގޭ ޚާންދާނުގެ އެއްގޮފި ކަމުގައި ހިމެނޭއަތިރީގޭއާއިލާގެ ބޭފުޅެކެވެ. އެއީ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އިބްރާހިމް ދޮށިމޭނާ ކިލެގެނާނުގެ އަޙްމަދު ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެވެ. މަންމާފުޅަކީ ރޯނުގޭއިބްރާހީމް ދީދީގެ ޢައިޝަތު ދީދީ އެވެ. މުޙައްމަދު އަމީން އުފަންވެވަޑައިގަތީ 20 ޖުލައި 1910 ގައި މާލޭގައެވެ. އެއީ ހިޖުރީގޮތުން 13 ރަޖަބު 1328 ގައެވެ.
 
މުޙައްމަދު އަމީން ފުރަތަމަ ކައިވެނި ބައްލަވައިގަތީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސައިން ޞަލާހުއްދީންގެ ދަރިކަނބަލުން ފާޠިމަތު ސަޢީދާއެވެ. ފާޠިމަތު ސަޢީދުގެ ފަރާތުންމުޙައްމަދު އަމީނަށް 3 ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އޭނާއަވަހާރަވިއިރު ދުނިޔޭގައި އިންނެވީ އެންމެ ބޭފުޅެކެވެ. އެއީ ފާޠިމަތުސަޢީދުގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި އައްނަބީލާ އަމީނާ މުޙައްމަދުއަމީން އެވެ.
 
މުޙައްމަދު އަމީން ދެވަނަ އަށް ކައިވެނި ބައްލަވައިގަތީ އަލްވަޒީރުޙަސަން ފާމުލަދޭރި ތަކުރުފާނުގެ އާމިނާ ދީދީ އާއެވެ. މިބަނޑުފުޅުންބޭފުޅަކު ލިބިވަޑައި ނުގެން އެއަނބިކަނބަލުން ވަރިކުރެއްވިއެވެ. މުޙައްމަދުއަމީން ތިންވަނައަށް ކައިވެނި ބައްލަވައިގަތީ ހެންވޭރުގޭ މުޙައްމަދުޢަބުދުއްޞަމަދު ދީދީގެ ޒުބައިދާ މުޙައްމަދު ދީދީ އާއެވެ. މިބަނޑުފުޅުންވެސް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ.
 
މުޙައްމަދު އަމީންގެ ޢުމުރުން 10 އަހަރުގައި އިގިރޭސި ތަޢުލީމްހޯއްދެވުމަށް ސިލޯނަށް ވަޑައިގެން ކޮޅުނބުގައި ހުންނަސެންޓް ޖޯސެފް ކޮލެޖަށްވެދެވަޑައިގެންނެވި އެވެ. އެކަށީގެންވާ މުއްދަތަކަށް ފަހު ސެންޓްޖޯންސް ކޮލެޖްގައި ވެސް ދުވަސްތަކެއް ހޭދަކުރެއްވި އެވެ. އިގިރޭސި ބަހުގެ ތަޢުލީމް ވަކިވަރަކަށް ޙާޞިލް ކުރެއްވުމަށްފަހު،ދެންވަޑައިގަތީ އިންޑިޔާގެ އަލީގަޅު ޔުނިވަސިޓީ އަށެވެ.
 
1 ޖެނުއަރީ 1953 ގައި ރާއްޖޭގެފުރަތަމަ ޖުމްހޫރިއްޔާ އިޢުލާން ކުރެވުނެވެ. އަދިއެޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި މުޙައްމަދު އަމީންއިސްކުރެވުނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރައީސެއްގެ ގޮތުން ރައީސްކަން 7މަހާއި 26 ދުވަސް ވަންދެން މުޙައްމަދު އަމީން ކުރައްވާފައި ވެއެވެ. މުޙައްމަދު އަމީންގެ ދައުރުގައި ނާއިބު ރައީސެއްގެ ގޮތުން ހުންނެވީވެލާނާގެ އަލްފާޟިލް އިބްރާހީމް ދީދީ އެވެ.
 
1932 ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ހެދި މަޖްލިސްގައި ޤާނޫނުއަސާސީޑްރާފްޓްކުރި ކޮމެޓީގެ މެންބަރުކަން ކުރެއްވިއެވެ. މިކަމުގެ އިތުރަށް އޭނާއަދާކުރެއްވި ވަޒީފާ އަކީ ރަދުންގެ ކާތިބުއްސިއްރުގެ ނާއިބު ކަމާއި،ކަސްޓަމާއި ޕޯސްޓް އޮފީހުގެ ނާއިބުކަމެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ އުފެދުނު ގާނޫނީ ސަރުކާރުގައި މުޙައްމަދުއަމީން ހިމެނިވަޑައިގަތީ އެސަރުކާރުގެ ވަޒީރުއްތިޖާރާ ކަމުގައެވެ. މިދެންނެވި މަގާމްގެ އިތުރަށް އޭނާ ފުރުއްވި ވަޒީފާތަކުގެ ތެރޭގައިވަޒީރުލް މަޢާރިފްކަން، މަޙްކަމަތުލް އަޝްޣާލްގެ ވެރިކަން،ކާތިބުއްސިއްރުކަން، ކަސްޓަމާއި ޕޯސްޓްގެ ވެރިކަން، ރައްޔިތުން މަޖުލީހުގެމެންބަރުކަމާއި ޒަޢީމްކަން، ވަޒީރުލް ޚާރިޖިއްޔާކަމާއި، ވަޒީރުއްދާޚިލިއްޔާކަން، މަޙްކަމަތުލް އަމަން ޢާންމުގެ ވެރިކަން، ސިފައިންގެވެރިޔާކަމާއި، ވަޒީރުލް އަޢުޒަމްކަން ހިމެނެއެވެ. މީގެ އިތުރުންދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސުލް ޖުމުހޫރިއްޔާގެމަޤާމްގައި ވެސް ހުންނެވީ އެކިލެގެފާނެވެ. ކިލެގެކަން ލިބިވަޑައިގަތީ 19ޖުމާދިލް އާޚިރު 1367 ގައެވެ.
 
ދައުލަތުގެ ވަޒީފާތައް އަދާކުރެއްވުމުގެ ތެރޭގައި ވަރަށް ބޮޑެތި ގައުމީޚިދުމަތްތައް އޭނާ އަދާކުރައްވާ، އޭގެ ކުރީގައި ދުވަހަކުވެސް ރާއްޖެ ނުދެކޭއިޞްލާޙުތައް ގެންނަވާފައި ވެއެވެ. ޚާއްޞަކޮށް ހަނގުރާމައިގެ ދުވަސްވަރުއޭނާ ރާއްޖެއަށް އަދާކުރެއްވި ޚިދުމަތްތަކާއި، ތަޢުލީމަށާއި، ދިވެހިތާރީޚަށާއި، ބަހަށް އަދާކުރެއްވި ޚިދުމަތްތަކަކީ ދިވެހި ތާރީޚްގައި ވަރަށްޚާއްޞަ ގޮތެއްގައި ފާޅުވެގެންވާ ކަންތައްތަކެވެ. މިސާލެއްގެ ގޮތުންދަންނަވާނަމަ ގާނޫނީ ހުކޫމަތެއްގެ ދަށުން ދިވެހި ސަރުކާރު ހިންގަވަންފެއްޓެވުން، ތަޢުލީމް މުޅިރާއްޖެއަށް ޢާންމު ކުރެއްވުން، ދުނިޔޭގެމިޒަމާނުގެ ތަހުޒީބުގެ ތެރެއަށް ދިވެހިރާއްޖެ ނެރުއްވުން، ދިވެހި ބަހާއިއަދަބަށް އައު ދިރުމެއް ގެންނެވުން، ބައިނަލް އަޤުވާމީ ދުނިޔެއަށްދިވެހިރާއްޖެ ނެރެދެއްވުން، ގައުމީ ވިޔަފާރި ދިވެހިންގެ އަތްމައްޗަށްގެންނެވުން ފަދަ މުހިއްމު ކަންތައްތައް ފާހަގަކޮށްލަން ޖެހެއެވެ.
 
އަންހެނުންނަށް ސަރުކާރުގެ ވަޒީފާ ދެއްވާގޮތަށް ހަމަޖައްސަވައިއަންހެނުން ކުރީ ސަފުގައި ހަރަކާތްތެރިވުމަށް ބާރު އެޅުއްވިއެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖެތޭގެ ރަށްރަށަށް ވަޑައިގެން ތަގުރީރުކުރައްވައި އެކި ކުޅިވަރުތައް ކުޅުއްވައި، އުޅުއްވި އެވެ. އިމްރާނިއްޔަތުކުރިއެރުވުމަށް މަސައްކަތް ކުރެއްވި އެވެ. 1951 ވަނަ އަހަރު މުހައްމަދުއަމީންގެ ވެރިކަމުގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުންމަނާކުރިއެވެ. ދުންފަތް އެތެރެކުރުމާއި ބޭރުކުރުން ހުއްދަވީ 20ޛުލްގައިދާ 1373 ގައެވެ. އެއީ މުޙައްމަދު ފަރީދުގެ ރަސްކަމުގައި އޭރު އޮތްރައްޔިތުންގެ މަޖުލީހުން އިއްތިފާގުން ފާސްވެގެންނެވެ.