![](https://storage.googleapis.com/presidency.gov.mv/Photos/158531_03232f50-5_.jpg)
ގަސްކަރަ ކ. ގުޅި
ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، ސްކޫލް ދައުރުގައެވެ. ސްކޫލް ދައުރު ނިންމަވައި މާލެއަށް ބަދަލުވެވަޑައިގެން، ސާނަވީ އިސްލާމް މުދައްރިސް ޑިޕްލޮމާ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ފެށްޓެވީ، 2013 ވަނަ އަހަރުގެ މާރިޗު މަހު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ. ކީރިތި ޤުރްއާން ހިތުދަސްކުރެއްވީ ފަތިހުގެ ވަގުތުގަޔާއި، ހެނދުނާއި ހަވީރުގެ ވަގުތުތަކުގައެވެ. 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު ޤުރްއާން ހިތުދަސްކުރައްވައި ނިންމެވުމަށްފަހު އިމްތިޙާނު ކޮމިޓީއަށް ކިޔައިދެއްވައި ނިންމެވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ.