ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި [ތަރިކަ] މަޝްރޫޢުގެ ލޯގޯ ބޭނުން ކުރެއްވުން
ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި [ތަރިކަ] މަޝްރޫޢުގެ ލޯގޯ ބޭނުން ކުރެއްވުން
ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި 6 މާރިޗު 2017 ގައި އިފްތިތާޙު ކުރައްވާފައިވާ [ތަރިކަ] މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ ތިރީގައި މިވާ ލޯގޯ، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ނިންމަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
[ތަރިކަ] މަޝްރޫޢުގެ ލޯގޯ
 
 
 
 
ވީމާ، މި އޮގަސްޓު މަހުގެ 15 ވާ އަންގާރަ ދުވަހުން ފެށިގެން، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި، [ތަރިކަ] މަޝްރޫޢުގެ ލޯގޯ ޖެއްސެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. [ތަރިކަ] ލޯގޯ ބޭނުންކުރައްވާނީ، އެއް އަހަރުދުވަހުގެ މުއްދަތަށް ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުން ބާއްވާ [ތަރިކަ] އާ ގުޅުންހުރި އެކިއެކި ޙަރަކާތްތަކުގައި، މި ލޯގޯ ބޭނުންކުރައްވަމުން ގެންދެވުމަށް ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެ ކަމަށާއި، އެ މަޢުލޫމާތު ލިބިވަޑައިގަތުމުން، ލޯގޯ ބޭނުންކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500