ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އުފެއްދެވުން
ޏ. ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައިރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީއާއި، ޤާނޫނު ނަންބަރު 2010/7 ގެ ދަށުން ފުވައްމުލަކުގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކައުންސިލްތަކުގެ ޤާނޫނީ މުއްދަތުހަމަވެފައިވާތީ، އެ ކައުންސިލްތައް 2017 ޖޫން 3 ވަނަ ދުވަހުން ފެށިގެން އުވާލައްވައި، އެ ޤާނޫނުގެ ދަށުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ނަމުގައި ސިޓީ ކައުންސިލެއް، 2017 ޖޫން 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.
ވީމާ، ޤާނޫނު ނަންބަރު 2010/7 ގެ 127 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ތިރީގައިވާ ކައުންސިލުތަކުގެ އިދާރާތައް 2017 ޖޫން 3 ވަނަ ދުވަހުން ފެށިގެން އުވައިލައްވައި، ޤާނޫނު ނަންބަރު 2010/7 ގެ 127 ވަނަ މާއްދާގެ ދަށުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި އިދާރާއެއް، 2017 ޖޫން 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.
1. ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
2. ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ އިދާރާ
3. ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
4. ފުވައްމުލަކު ހޯދަޑު ކައުންސިލްގެ އިދާރާ
5. ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
6. ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
7. ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ
8. ފުވައްމުލަކު މާލެގަން ކައުންސިލްގެ އިދާރާ
9. ފުވައްމުލަކު ދޫޑިގަން ކައުންސިލްގެ އިދާރާ
 
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ތިރީގައި މިވަނީއެވެ.
Secretariat of the Fuvammulah City Council
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 468 ކަމުގައި ދެންނެވީމެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500