އެންމެފަހުގެ ޚަބަރުތައް


ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފިޤުހު އެކަޑެމީގެ ޝަރީޢާ ކައުންސިލާއި، އިސްލާމީ ފިޤުހު އެކަޑެމީގެ އެޑްވައިޒަރީ ކައުންސިލް އުފައްދަވައި، އެ ދެ ކައުންސިލަށް މެންބަރުން ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިސްލާމީ ފިޤުހު އެކަޑެމީގެ ޝަރީޢާ ކައުންސިލާއި، އިސްލާމީ ފިޤުހު އެކަޑެމީގެ އެޑްވައިޒަރީ ކައުންސިލް އުފައްދަވައި، އެ ދެ ކައުންސިލަށް މެންބަރުން ހަމަޖައްސަވައިފިއެވެ.

އިސްލާމީ ފިޤުހު އެކަޑެމީގެ ޝަރީޢާ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މިދަންނަވާ ބޭފުޅުންނެވެ.
1. ފަޟީލަތުލްއުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމް ގ.ގަސްކަރަ
2. ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު އީސްޓްލައިޓް، ޏ.ފުވައްމުލައް،ދޫޑިގަން
3. ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީ ކޯޒީރައުންޑް، ސ.ހިތަދޫ
4. އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދަފްތަރު ނަންބަރު 4040
5. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ހ.މީރުބަހުރުގޭއާގެ
6. ޑޮކްޓަރ އަޙްމަދު ޒިޔާދު ހަލަވެލި، ބ.އޭދަފުށި
7. ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ ދިލާސާގެ، ރ.ކަނދޮޅުދޫ
8. ޑޮކްޓަރ މުޙަންމަދު ޤުބާދު އަބޫބަކުރު ދަފްތަރު ނަންބަރު 1765
9. އައްޝައިޚް މުޙަންމަދު ލަޠީފް ފެހިގެ، ދ.މީދޫ
10. އަލްއުސްތާޛު ޙަސަން ސަޢީދު ދަފްތަރު ނަންބަރު 3893
11. އައްޝައިޚް މުޙަންމަދު މޫސާ ސިނަމާގެ، ޅ.ނައިފަރު
12. އަލްއުސްތާޛު މޫސާ އަންވަރު ޙަސަން ރިހި، ޏ.ފުވައްމުލައް،ދަޑިމަގު
13. އަލްއުސްތާޛާ މަރިޔަމް ޝަބާނާ ހ.ބާދިރީގެ
14. އައްޝައިޚް އަޙްމަދު ސަލީމް ޙުސައިން ނޫރާނީގެ، ދ.މަރޮށި
15. އައްޝައިޚް މުޙަންމަދު ނަޝީދު އާދަމް މ.ހެނބޫދޫގެ
16. އައްޝައިޚް އިސްޙާޤް މުޙަންމަދުފުޅު ވިންޓަރގްރީން، ޅ.ނައިފަރު
17. ޑޮކްޓަރ މުޙަންމަދު އިޔާޟް ހ.ލަކީ
18. އައްޝައިޚް އިލްޔާސް ޙުސައިން ސިޕަރ، ސ.ހިތަދޫ
19. އައްޝައިޚް އާދަމް ޝަމީމް އަސްރަފީގެ، އއ.ތޮއްޑޫ
20. އައްޝައިޚް އާދަމް ނަސީމް ހ.ޕޫނަމް
21. އަލްއުސްތާޛާ އަނާރާ ނަޢީމް ހ.ގުރުސް
22. ޑޮކްޓަރ ޢާއިޝަތު މުނީޒާ މ.ރޭޝަމް

އިސްލާމީ ފިޤުހު އެކަޑެމީގެ އެޑްވައިޒަރީ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މި ދަންނަވާ ބޭފުޅުންނެވެ.
1. ޑޮކްޓަރ މުޙަންމަދު ލަޠީފް މއ.ކިނބި
2. ފަޟީލަތުއްޝައިޚް މުޙަންމަދުދީދީ އިނގުރުމާގެ، ސ.ފޭދޫ
3. ޑޮކްޓަރ ޢާއިޝަތު ޢަލީ ނާޒް ހ.ސީސައިޑް
4. ޑޮކްޓަރ އަޙްމަދު އަންވަރު ހަސަންކާރިގެ، ސ.މީދޫ
5. ޑޮކްޓަރ ޢަބްދުލްޙަމީދު އަޙްމަދު ހ.ބުރެވިމާގެ
6. ޑޮކްޓަރ އަޙްމަދު ޝަރީފު މ.ލިންކްހައުސް

އިސްލާމީ ފިޤުހު އެކަޑެމީގެ ޝަރީޢާ ކައުންސިލުގެ ރައީސާއި ނައިބު ރައީސާއި، އިސްލާމީ ފިޤުހު އެކަޑެމީގެ އެޑްވައިޒަރީ ކައުންސިލުގެ ރައީސާއި ނައިބު ރައީސް، ކައުންސިލުގެ މެންބަރުންގެ ތެރެއިން ހޮއްވަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500