ރައީސުލްޖުމްހޫރިއްޔާ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައި ނެރުއްވި ޤަރާރަށް 2 ވަނަ އިޞްލާޙު ގެންނަވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިއްޔެ ނެރުއްވި ޤަރާރު ނަންބަރު 3/2018 (ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު) އަށް 2 ވަނަ އިޞްލާޙު ގެންނަވާފައި، ޤަރާރެއް ނެރުއްވައިފިއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން އިއްޔެ ނެރުއްވި ޤަރާރު އިޞްލާޙުކުރައްވައި ނެރުއްވި ޤަރާރު ނަންބަރު 5/2018 ގައިވާ ގޮތުން، އިއްޔެ ނެރުއްވި ޤަރާރު ނަންބަރު 3/2018 ގެ ދަށުން ހިފެހެއްޓިފައިވާ ނުވަތަ ހަނިކުރެވިފައިވާ ޤާނޫނުއަސާސީގެ މާއްދާތަކާއި އެ މާއްދާތަކުން ލިބިދީފައިވާ ޙައްޤުތަކާއި، އަދި
އެ ޙައްޤުތަކާ ގުޅިގެން ވަގުތީގޮތުން ޢަމަލުކުރުން ހުއްޓައިލާފައިވާ ޤާނޫނުތަކުގެ ތެރެއިން ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އުނިކޮށް، އެ މާއްދާއަށް ޢަމަލުކުރުންހިފަހައްޓަވާފައިވާ ހިފެހެއްޓެވުން ނިމުމަކަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500